މީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ފަށާ ފުރަތަމަ ޑައިރެކްޓް ފްލައިޓް ދަތުރުތަކެވެ.
މޯލްޑިވިއަނުން ބުނީ މާލެއިން އޮސްޓްރޭލިއާގެ މެލްބަން އަށް ސީދާ ދަތުރުތައް އަންނަ މޭމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތަކުގެ މޯލްޑިވިއަން ޕާޓްނަރަކީ "ލަގްޒަރީ އެސްކޭޕްސް" އެވެ. މީ އޮސްޓްރޭލިއާއިން ރާއްޖެ އަންނަ އެންމެ ގިނަ ފަތުރުވެރިން ގެންނަ ކުންފުންޏެވެ. ކޮންމެ އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 20 އިންސައްތަ މީހުން ގެންނަނީ "ލަގްޒަރީ އެސްކޭޕްސް" އިންނެވެ.
ރާއްޖެއިން ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާ ފަށަން ނިންމި ނަމަވެސް ޓީކެޓްގެ އަގުތަކެއް އަދި މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ.
މޯލްޑިވިއަނުން މިހާރު އަންނަނީ އިންޑިއާ އާއޮ ޗައިނާއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މީގެއިތުރުން އެހެން ބައެއް ގައުމުތަކަށްވެސް ދަތުރުކުރަމުން އާދެއެވެ. އެގޮތުން ލަންކާ، މެލޭސިޔާ އަދި ބެންކޮކަށްވެސް ބައެއް ދަތުރުތައް ބާއްވައެވެ.