ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ: ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:ރައީސް އޮފީސް
ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ: ސާޖިދާ
އަންހެންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު މީރުމާ މާލަމުގައި ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ގައުމެއް ކުރިއަށް ދިއުމުގައި އަންހެނުން ބާރުވެރިކުރުވުން މުހިންމު ކަމަށެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީފަންތީގައި ލީޑްކުރުމުގައި ގިނައިން ހަރަކާތްތެރި ވަނީ ފިރިހެނުންކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މިކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވެފައި ވަނީ ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރަންހިރު ދަރުބާރު ކުރިއަށް ގެންދަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާ ގޮތަށް ޖުމްލަ 46 ބައިވެރިންނާ އެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެއްގެ ގޮތުގަ އެވެ.

މި ފޯރަމުގެ މަގުސަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވަނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި އަންހެން ކައުންސިލަރުންނާއި އތމ ކޮމިޓީތަކުގެ މެންބަރުންނާ އެކުގައި މަޝްވަރާކޮށް ހިޔާލާއި މައުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ގާއިމުކޮށްދިނުމާއި ޖެންޑަ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް