ads
ގެމަނަފުށީ މަސްވެރިން މަސްވެރިކަން ކުރަނީ: މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންނަށް 4.4 ބިލިއަން ދޫކޮށްފައި - ފޮޓޯ:ގެމަނަފުށީ މަސްވެރިން
މަސްވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލައިފި
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާއަށް އެމްޑީޕީގެ ފަރާތުން އެ ގަރާރު ހުށަހެޅުއްވީ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. 

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ ލިބޭނެ ލުއި ފަސޭހަ ކަމެއް ކަމަށާއި އެއީ މަސްވެރިންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.

މި ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް ފަސޭހައިން ޔޫއެސް ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމަށް ގޮވާލާފަ އެވެ.

"މިފްކޯގެ މުވައްޒަފުންނަކީ ވެސް ރެ އާއި ދުވާލު ކަނޑުމަތީގަ އާއި އެކިއެކި ސައިޓުތަކުގައި މަސައްކަތްކުރާ ބަޔަކަށް ވުމާއި އަމިއްލަ ޒަރޫރީ އާއިލީ ބޭނުންތަކަށް ބޭނުންވާ (އެމެރިކާ ޑޮލަރު) ފަސޭހައިން ލިބޭނެ އިންތިޒާމް ހަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް" މަސްދޯނިފަހަރުގެ އޮޑިވެރިންނަކީ މަސްވެރިކަމުގެ ސިނާއަތް ދިރުވައި ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިވެރިންކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް