ads
ފުށިދިއްގަރު ފަޅު
ގުޅީ އިހްތިސޯސްއިން ފުށިދިއްގަރު ފަޅު ވަކިކޮށްފި
މާލެއަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިހުތިސޯސްށް ބަދަލުގެނެސް، އެރަށުގެ އިހުތިސޯސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުނު ގަރާރެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުއސޫލުން ކަމަށް ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެެވެ.

އަދި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯދް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއަށް މަތިކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އޮތް ގޮތުން ފުށިދިއްގަރުފަޅުގެ ބައެއް ގުޅީގެ އިހުތިސޯސްގެތެރޭގައި ހިމެނެއެވެ. ފުށިދިއްގަރުފަޅަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ތަނެކެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މި ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓު ކޮމިޓީއިން ބަޖެޓް ފާސްކުރަން ތަޅުމަށް ފޮނުވީ އެ ބައިި އުނިކުރުމަށް ފަހު އެވެ. 

ފުށިދިއްގަރުފަޅު ތިންމަސްދުވަހުގެ ތެރޭގައި ހިއްކަން ފަށައި، 8 މަސްދުވަހުން ނިންމެވުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. މި ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

އެމަނިކުފާނު އިޢުލާންކުރައްވާފައިވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައެޅުއްވިއެވެ. ނަމަވެސް ބަޖެޓު ދިރަސަކުރުމުގެ މަރުހަލާގައި ވަނީ ކޮމިޓީން އެ ފައިސާ އުނިކޮށްފައެވެ. 

ފުށިދިއްގަރުފަޅު ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ "ހަފްތާ 14"ގައި ހިމަނުއްވާފައިވަނީ ކުރިއަށް އޮތް 14 ހަފްތާގެ ތެރޭގައި، ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް