ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ކިއޯސްކްސްތަކެއް ހުޅުވައިފި - ފޮޓޯ: ފާތިމަތް ރީމް
ވެލާނާ އެއާޕޯޓުގައި ހުޅުވުނު އާ ކިއޯސްކްސް ތަކާއެކު ރައްޔިތުންނަށް ފަސޭހަތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ކިއޯސްކްސްތަކެއް ހުޅުވައިފި އެވެ.

މި ތަން ހުޅުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިތަން ހުޅުވުމުގެ ސަބަބުން ދަތުރު ކުރާ ދަތުރުވެރިންނަށް ބޮޑެތި ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފޯކޯޓުގައި ހުޅުވުނު މިތަނަކީ މިހާރުވެސް އެމްއޭސީއެލްގެ ދެ ޕާޓުނަރުން ކަމަށްވާ ދަ ގުރޭޕް އެކްސްޕެކްޓޭޝަން ގެ އިތުރުން އެޗްއެމްއެސް ހޯސްޓުގެ 2 ފުޑް އައުޓްލެޓެވެ. 

ޝަރީފް ވިދާޅުވީ އެބޭފުޅުންގެ އުންމީދަކީ އަނގުހެޔޮކޮށް އަދި އުފާވެރި ހިނިތުންވުމަކާއެކު ހިދުމަތް ހޯއްދަވާ ފަރާއްތަކަށް ހިދުމަތް ދެވިގެން ދިއުންކަމަށެވެ. 

"އަޅުގަނޑުގެ އުންމީދަކީ މީގެ ސަބަބުން ފުރަން އަންނަ ޕަސެންޖަރުންނަށް އިތުރު ހިދުމަތްތަކެއް ފަސޭހަ ކަމާއެކު ލިބި އަދި މިތަނުން އަގުހެޔޮކޮށް އަދި އުފާވެރި ހިނިތުންވުމަކާއެކު ހިދުމަތްދޭނެ ކަމަށް އުންމީދު ކުރަން." ޝަރީފް ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގައި މިހާރުވެސް މިފަދަ ގިނަ އައުޓްލެޓުތަކެއް ހުރިކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިފަދަ ހުރިހާ ތަންތަނަކުންވެސް ރައްޔިތުންނަށް ދަނީ އެތަކެއް ފައިދާތަކެއް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް