ads
ޖޭއެސްސީގެ ރައީސް ހިސާން
ޝަރީއަތްތައް ލަސްވާ ސަބަބު ޖޭއެސްސީން ބަލަނީ
ޝަރީއަތްތައް ލަސްވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ ހޯދުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުން އާ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޝަރީއަތްތައް ލަސްވާ ސަބަބު އޮޅުން ފިލުވުމަށް ޖޭއެސްސީން ކޮމިޓީއެއް އެކުލަވައިލީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިންނެވެ. އެ ކޮމިޓީ އެކުލަވާލުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ހިންގާ ގަވާއިދަށް ވަނީ އިސްލާހެއް ގެނެސްފައެވެ.

ކޮމިޝަންގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ކޮމިޝަންގެ ދާއިމީ ކޮމިޓީތައް ހިމެނޭ 46 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށްފަ އެވެ. އެ ނަންބަރުގައި ލިޔެފައިވަނީ "ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަންނަ ކޮމިޓީ" މި ގޮތަށެވެ.

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަންނަ ކޮމިޓީގައި ތިއްބަވާނީ ކޮމިޝަންގެ ރައީސް ހިސާން ހުސައިން، ލ. އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ޝަރީފް، އަދި ރައީސްގެ މެންބަރު މުހައްމަދު ސަމީރެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޓީ އެކުލަވާލުމުގެ ބޭނުމަކީ، ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ލަސްވާ ސަބަބު ބަލާ އެ ކަންކަން ހައްލުކޮށް ދިނުމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް