ads
ހުޝީކަޕޫރު އޭނާގެ މަންމަ ސްރީ ދޭވީއާއެކު
ސްރީދޭވީގެ ދަރިފުޅުގެ ދިފާއުގައި އާލިއާ ބަޓްގެ މަންމަަ
ސްރީދޭވީގެ ދަރިފުޅު ހުޝީ ކަޕޫރުގެ ދިފާއުގައި އާލިއާ ބަޓްގެ ގެ މަންމަ ސޯނީ ރަޒްދާން ނުކުމެއްޖެއެވެ.
Advertisement

ބޮލީވުޑުގެ މަޝްހޫރު ތަރިންގެ ދަރިން ނުވަތަ ސްޓާ ކިޑްސްގެ "ދި އާޗީސް" ރިލީޒްކޮށްފައިވާއިރު، އެ ފިލްމުން ދަނީ ހުރިހާ އެކްޓަރުންނަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ހާއްސަކޮށް އަގަސްތާ ނަންދާ އާއި ޚުޝީ ކަޕޫރަށް ފާޑުކިޔުންތައް ބޮޑެވެ. އެކުދިން ކަޑަ އެކްޓަރުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާއިރު، އަދި މިހާރު ނެޕޮޓިޒަމް ބަހުސްއާ ގުޅިގެން އެމީހުންނާއި އެހެން ސްޓާ ކުދިންނަށް އަންނަނީ އިންޓަނެޓުގައި ޓްރޯލްކުރަމުންނެވެ. 

your imageސޯނީ އަދި އާލިއާ ބަޓް

ނަމަވެސް އެންމެފަހުން ސްރީދޭވީގެ ދަރިފުޅު ހުޝީކަޕޫރު އަދި އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު އަގަސްތާ ނަންދުގެ ދިފާއުގައި މި ކުތީ އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން އެވެ.

އުމުރުން އެންމެ 54 އަހަރުގައި 2018 ވަނަ އަހަރު ބޮލީވުޑްގެ ވެޓްރަން އެކްޓަރު ސްރީދޭވީ ވަނީ މަރުފެފައެވެ. 

"ދި އާޗީޒް" އަކީ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރުގެ އެންމެ ފުރަތަމަ ފިލްމެވެ. މި ފިލްމި މިހާރު ވަނީ "ނެޓްފްލިކްސް" އަށް ރިލީޒްކޮށްފައެވެ. 

"ވަކި މީހެއްގެ ދަރިއަކަށް ވީތީ ވަކި މަސައްކަތެއް ކުރުމަށް މީހަކަށް ހުރަސް އެޅިދާނެތަ؟ ތި ބޭފުޅުންގެ އިހުސާސް އަޅުގަނޑަށް ވިސްނޭ. އިންޑަސްޓްރީން ބޭރުގައި ތިބެ އިންޑަސްޓްރީއަށް ފާޑުކިއަން ފަސޭހަވާނެ. މި އިންޑަސްޓްރީން ފުރުސަތު ނުލިބުނީމަ އެހެން ކޮންމެސް ކަމެއް ކުރެވިދާނެ،" އާލިއާ ބަޓްގެ މަންމަ އަދި ވެޓެރަން ބަތަލާ ސޯނީ ރަޒްދާން ބުންފައިވެއެވެ.

އާލިއާގެ މަންމަގެ ކޮމެންޓާ ގުޅުވައިގެން ވެސް ބައެއް މީހުން ރައްދުވެސް ދީފައިވެއެވެ. އެމީހުން ބުނަނީ ބޮލީވުޑް އިންޑަސްޓްރީގައި ނެޕޮޓިޒަމް އޮތުމުގެ ސަބަބުން ރަނަގަޅު އެކްޓަރުންނަށް ފުރުސަތު ނުލިބޭކަމަށެވެ. މިގޮތުން އާޗީޒްގެ އެކްޓަރުން މި ފަހަރު ފެއިލްވިއަސް އެމީހުންނަށް ކުރިއަށްވެސް އެތައް ފުރުސަަތެއް ލިބޭނެކަމަށެވެ. 

ނެޕޮޓިޒަމް އަކީ އާއިލާ މީހުންނާ ގާތް ރަހުމަތްތެރިންނަށް ފުރުސަތު ދީގެންކަންކަން ކުރުމެވެ. އާޗީގެ ލީޑު ރޯލުން ފެންނަނީ ޝާހުރުކްހާންގެ ދަރިފުޅު ސުހާނާ ހާން އާއި، އަމީތާބްގެ ކާފަ ދަރިރުޅު އަނަސްތާ ނަންދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް