ads
ފުވައްމުލަކަށް ހިލަ ބަރުކޮށްގެން ދިޔަ ބާޖު އަރިއަޅާލާފައި - ފޮޓޯ: ރިޒާ އިސްމާއިލް/ ޓްވިޓާ
ފުވައްމުލަކު ފަރަށް ބަންޑުންވި ހިލަ ބާޖުގެ ވެރިފަރާތް 100 މިލިޔަނުން ޖޫރިމަނާކޮށްފި
ހިލަ ހިފައިގެން ފުވައްމުލަކަށް ދިޔަ ބާޖެއް ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް ފުރައިގެން ދިޔަ ނަމަވެސް އެ ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖު ފިލީ ފަރަށް ނާރާ ކަމަށް ބުނެ އެވެ. އެކަމަކު ސާވޭއަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމީ އެ ބާޖު ފަރަށް އަރައި ގެއްލުންތައް ލިބުނު ކަމަށެވެ.

ބާޖު ފަރަށް އެރި ކަމަށް ނިންމައި ތަހުގީގުނުކޮށް އުޅެނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ ކަމަށް އީޕީއޭ އިން ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން ބުނީ އެ ހާދިސާއާ ގުޅިގެން ފުވައްމުލަކު ސިޓގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރަން ޖުލައި 22، 2023 ގައި އީޕީއޭން އެ ބާޖު ފަރަށް އުރި، ބާޖަށް ބަރުކޮށްފައިވާ ހިލަތަށް އެޅިފައިވާ ސަރަހައްދު ސާވޭ ކުރި ކަމަށާއި ބެލި އިރު ފުވައްމުލަކު ފަރުގެ 4306 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ފްރީސިއަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުންނެވެ. ފުވައްމުލައް ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500ރ އެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000ރ. އެވެ.

ޖޫރިމަނާ ކުރި 100 މިލިޔަން ރުފިޔާ ދައްކަން އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގަ އެވެ.  

މި މައްސަލަ އިސްތިއުނާފު ކުރަން ވެރިފަރާތަށް ލިބޭ އިސްތިއުނާފު މަރުހަލާ ނިމުމުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް