ads
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް - ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް މައުމޫނުގެ ނަމުގައި ވަގު އެކައުންޓެއް..!
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަމުގައި ވަގު އިންސްޓަގުރާމް އެކައުންޓެއް ބަޔަކު ހަދައިފި އެވެ.

ރައީސް މައުމޫން ރޭގެ ވަތުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ހަދައިފައިވާ އިންސްޓަގުރާމް އެކައުންޓަކީ ބަޔަކު ހަދައިގެންއުޅޭ ވަގު އެކައުންޓެއް ކަމަށެވެ. 

މި ވަގު އެކައުންޓުގައި ވަނީ އެމަނިކުފާނުގެ ފުރިހަމަ ނަމާ ފޮޓޯވެސް ބޭނުން ކޮށްފަ އެވެ. 

މިހާރަކަށް އައިސް މިފަދަ ވަގު އެކައުންޓުތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިފަދަ އެކައުންޓުތައް ބޭނުން ކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުމާ ރައްޔިތުންގެ މުދަލުން ވައްކަން ކުރުން ފަދަ އަމަލުތައް ދަނީ ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް