ads
ޓެޑްގެ "ލަސްވިޔަސް" ގެ ޕޯސްޓަރެއް
ޓެޑްގެ ފޭނުން ބޭނުންވި ތާރީހު މިއޮތީ، ދެން ލަހެއް ނުވާނޭ
އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ ކާމިޔާބު ޑައިރެކްޓަރ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ " ލަސްވިޔަސް" އަންނަ އޭޕްރިލްމަހު ސްކްރީނަށް އަންނާނެކަން އޭނާ އިއުލާންކޮށްފިއެވެ.
Advertisement

2017 ވަނަ އަހަރު އިއުލާންކޮށް ޓިޒާވެސް ދައްކާލުމަށްފަހު މާގިނަ ވާހަކަތަކެއް ނީވި އޮތުމަށްފަހު ޓެޑްގެ އައު ފިލްމު "ލަސްވިޔަސް" ގެ ޝޫޓިންތައް ފެށީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ފިލްމުގެ މުހިއްމު ބައިތަކެއް ނަގާފައިވަނީ ބ. ކަމަދޫގައެވެ. 

މިފިލްމަށް ކުރެވޭ އިންތިޒާރަށް އުފާވެރި ހަބަރެއް ޓެޑްވަނީ މިއަދު ދީފައެވެ. ޓެޑް ބުނީ އަންނަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް "ލަސްވިޔަސް" އަންނާނެކަމަށެވެ. ފިލްމު އަޅުވާ ދުވަސް އިއުލާންކޮށް އެކްސްގައި ޓެޑް ދޫކޮށްލި ޕޯސްޓްގައި ހިމަނާފައިވަނީ ހިތްގައިމު ލަވައެއްގެ ތަންކޮޅެއްކެވެ. ލަވައިގައި އިވޭ ތަންކޮޅުން ހަނދާނަން އައީ 1997 ވަނަ އަހަރު އަލީ ރަމީޒާއި ފަޒީލާ އާމިރުގެ އަޑުން އިވުނު "ކިޔާލަދީ ކިޔާލެދީ ވާނުހޭ ކިޔާ ނުދީ " މި ލަވައިގެ ހަނދާނެވެ. ޓެޑް ނެރުނު "އައްސޭރި" އަލްބަމުގައި ހިމެނުނު "ހަދިޔާ" މި ލަވައަކީ އޭރު ވަރަށްް މަޝްހޫރުވި ލަވައެއްވެސް މެއެވެ. އެ ލަވަައިގެ ޑައިރެކްޓަރީ ޓެޑްރީއެވެ.

1994 ވަނަ އަހަރު ޓެޑް އުފެއްދި "ދެރިޔާ" އަށް ފަހު ޑައިރެކްޓް ކުރާ ދެވަނަ ފީޗަރ ފިލްމް " ލަސްވިޔަސް" ގެ މެއިން އެއް ކެރެކްޓަރގެ ރޯލް އަދާކުރަނީ ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމްއެވެ. މީ ޒޯޔާ ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމެވެ. 

your image"ލަސްވިޔަސް" ގެ ކާސްޓުންނާ ޕްރޮޑަކްޝަން ޓީމް

ޒޯޔާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން ދެން ފެންނާނީ ކުރިއަރަމުން އަންނަ އެކްޓަރ އަހްމަދު އިސާ (އާނަންދު) ، މަރިޔަމް ޝިފާ، ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ) އަލީ އާސިމް އަދި ވާޝިޔާ މުހައްމަދުއެވެ. މީގެއިތުން ފައުޒިއްޔާ ހަސަން އާއި ރީކޯ މުސާ މަނިކުވެސް ފިލްމުގެ މުހިއްމު ރޯލްއަކުން ފެންނާނެއެވެ. 

your image"ލަސްވިޔަސް" ފިލްމުގެ ޝޫޓިންގެ ތެރެއިން

މި ފިލްމުގައި ފައުޒިއްޔާގެ ހާއްސަ ފެނިލުމެއް ހިމެނޭއިރު ރީކޯ ފެނިގެންދަނީ ފިލްމުގައި ކުރިން ކޮއްޔަ ހަސަމް މަނިކު ކުޅެން އޮތް ރޯލުންނެވެ. ހަސަން ނިޔާވުމުންް އެރޯލް ކުޅެން މޫސަ ހުށައެޅުމުންް އެރޯލުން ދެން ފެންނާނީ މޫސައެވެ. ދެރިޔާއަށްފަހު މޫސަވެސް ޓެޑްއާއި އެކު ފެނިގެންދާ މީ ފުރަތަމަ ފަހަރެވެ. 

ޓެޑްރީގެ އެޓާނަލް ޕިކްޗާސް އިން އުފައްދާ މި ފިލްމަކީ ޓެޑްގެ އަމިއްލަ ވާހަކައެކެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފެނިގެންދާ ފަންނާނުގެ ތެރެއިން ކޮކޯ ހަސަން ފާހަގަކޮށްލެވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް