ads
އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތްތަކުގެ މަރާމާތަށް ކުރާ ހޭދަ ތިން ގުނަ އަށް ބޮޑު ކޮށްފި
މިސްކިތްތަކުގެ މަރާމާތްތަކަށް ބޭނުންވާ ފަންޑު ތިން ގުނައަށް ބޮޑު ކުރައްވައިފި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދު، މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވާދެއްވައިފި ކަމަށެވެ. އެގޮތުން އެ ކަމަށް މިހާރު ވަނީ 15 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވައިދެއްވާފައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ނަމުގައި މިއަދު ފެށި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ކުރިއަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފް ޕްރޮޕަޓީއެއް ގާއިމު ކުރާނެ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ވަނީ އެކަމުގެ ސަބަބުން މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހޯދޭނެ މަގެއް ފަހި ވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމާއި، މިސްކިތްތަކާ ގުޅޭ ގޮތުން ރައީސަށް ލަފާއަރުވާ ކޮމިޓީއެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް