ads
ޕޮލިސް މައި އޮފީސް
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ކަމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ސީޕީގެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން "ލެޓާ އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ސީޕީގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ މުހައްމަދު ހަމީދެވެ. އޭނަ ވަނީ މިދިޔަ މަހުގެ 15 ގައި ރިޓަޔާކުރައްވައިފަ އެވެ.

މާޗު 27، 2021 ގައި އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަން ކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ގާނޫނުގައި ބުނާ ގޮތުގައި ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަން ކުރުމަށްފަހުއެވެ. އެހެން ކަމުން ޕޮލިސް ބޯޑުން ވަޒަންކޮށް، ހޯމް މިނިސްޓަރަށް ނަންތައް ހުށަހެޅުމުން ސީޕީގެ މަގާމަށް މިނިސްޓަރުގެ ލަފާގެ މަތިން ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް