ads
ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ--
ކުޑަކުއްޖަކާ ބެހުނު ޔުނާން ދޫކޮށްލައިފި
ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި، މުހައްމަދު ޔުނާން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ޔުނާން ދޫކޮށްލީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން ދޫކޮށްލީ ޝަތުރު ކުރުމަށް ފަހުއެވެ. އެހެންނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޔުނާން ދޫކޮށްލާފައިވާއިރު، ޔުނާންއާއެކު އެ މައްސަލަތަކުގައި ހިމެނޭ އޭނާގެ އަންހެނުން، ފާތިމަތު ރިހުލާ ވެސް ކުރިން ބަންދުން ދޫކޮށްލާފައެވެ. ރިހުލާ ބަންދުން ދޫކޮށްލާފައިވަނީ، ބަލިވެއިނުމާ ގުޅިގެން މިދިޔަ މާޗު މަސް ތެރޭގަ އެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެމަފިރިން ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ޔުނާންއާ އޭނާގެ އަންހެނުންގެ މައްޗަށް، ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައިވަރު ދައުވާތައް އުފުލާފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް