އެމްއެފްޑީއޭ އިން ވަނީ ނިމިދިޔަ ނޮވެމްބަރު މަހު ފާމިކްސް ލެބޯޓްރީސް (ޕްރައިވެޓް) ލިމިޓެޑުން އުފައްދާ ބޭސްތަކުގައި، ތަޣައްޔަރުވާ މާއްދާތަކެއް އުކުލެވިފައިވާކަން ހޯދައިފައެވެ.
'ޑައިއެތިލިން ގްލައިކޮލް' އަދި 'އެތިލިން ގްލައިކޮލް' ދެނެގަތުމުގައި ރާއްުޖެއިން ވަނީ މަދު ވަސީލަތްތަކާއެކު ވެސް ކުރިއެރުން ހޯދައިފައެވެ.
މި ގެއްލުންހުރި މާއްދާތަކަކީ އިންޑަސްޓްރިއަލް ސޮލްވެންޓް އަދި އެންޓިފްރީޒް އެޖެންޓްގެ ގޮތުގައި ބޭނުންކުރާ ގެއްލުން ހުރި މާއްދާތަކެކެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ކުޑަ މިންވަރަކަށް ވެސް ކެއުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެކެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖެ އަކީ ވަސީލަތްތައް މަދު ނޭޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީ (އެންކިޔުސީއެލް) އިން ސްކްރީނިން ކުރުމަށް އެހީތެރިވުމަށް ތަރައްގީކުރި އާ ސްކްރީނިން މެތޯޑެއް ބޭނުން ކުރުމަށް ފަހު ޝިރަޕްތަކުން މިފަދަ ތަޣައްޔަރުކަން ހޯދި ފުރަތަމަ ގައުމަށް ކަމަށެވެ.
އަމިއްލަ އިސްނެގުމުގެ މަތިން އެމްއެފްޑީއޭ އިން ވަނީ އިންޓަނޭޝަނަލް ފާމަކޯޕީއާގައި ބަޔާންކޮށްފައިވާ ގޮތަށް ޑައިތިލިން ގްލައިކޮލް އަދި އެތިލިން ގްލައިކޮލް އަށް ތުނި ލޭޔަރ ކްރޮމެޓޮގްރަފީ (ޓީއެލްސީ) ޓެސްޓް ބޭނުންކޮށްގެން މާކެޓުގައި ލިބެން ހުރި އުފެއްދުންތަކުގެ ސްކްރީނިން ޕްރޮގްރާމެއް ފަށާފައެވެ.
މި ހޯދުންތަކުން ތަޣައްޔަރުވެދާނެ ގިނަ އުފެއްދުންތަކެއް ފާހަގަކުރެވި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން ޖެހުނެވެ. އަދި ޑަބްލިޔުއެޗްއޯ އާއި އެހެނިހެން ގައުމުތަކަށް މައުލޫމާތު ފޯރުކޮށްދީ އިތުރު ތަހުގީގުތައް ފެށިއެވެ.
ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ފުރިހަމަ ލެބޯޓްރީ ޓެސްޓިންއަކުން ތަޣައްޔަރުވެފައިވާކަން ކަށަވަރުވެ، އެތިލިން ގްލައިކޮލްގެ މިންވަރު 0.62 އިންސައްތަ އާއި 0.82 އިންސައްތަ w/w ދެމެދުގެ މިންވަރަކަށް ހުއްޓެވެ. މި ހޯދުމަކީ ހަމައެކަނި ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށާއި، އެހެން ހަތަރު ގައުމެއްގައި ވެސް ހަމަ އެ އުފެއްދުންތައް މާކެޓްކޮށްފައިވާތީ، ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑަބްލިޔުއެޗްއޯއިން ވަނީ ކުޑަކުދިންގެ ބޭސްތަކުގެ ފެންވަރު ދަށް އަދި ތަޣައްޔަރުވެފައިވާ ބޭސްތަކާ ބެހޭ ގޮތުން ސަމާލުވާން އެންގާފަ އެވެ.
ދުނިޔޭގެ ނުރައްކަލަށް ހާލަތްތަކަށް ތައްޔާރުވުމައްޓަކައި ޑަބްލިޔުއެޗްއޯގެ ތިން ލެވެލް (ހެޑްކުއާޓަރ، ރީޖަނަލް އޮފީސް، އަދި ކަންޓްރީ އޮފީސް) ގައި ސިލްސިލާ ތަމްރީނު ސެޝަންތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސް، އެކްސިޕީއެންޓްސްގެ އިންޓެގްރިޓީ ކަށަވަރުކޮށް އިތުރުކުރުމުގެ ސްޓްރެޓެޖީއެއް ސައުތު-އީސްޓް އޭޝިއާ ރެގިއުލޭޓަރީ ނެޓްވޯކުން އެކުލަވާލިއެވެ.
ރާއްޖެއިން އިން ނެރުނު އެލާޓްތަކަށް އިޖާބުދީ، ފާމިކްސް ލެބޯޓްރީސް އަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ (ޑީއާރުއޭޕީ) އިން ވަނީ އޯރަލް ލިކުއިޑް ޑޯޒްގެ ހުރިހާ ބޭހެއް އުފެއްދުން ހުއްޓާލުމަށެވެ.
ނޮވެމްބަރު 16، 2023 ގައި ޑްރެޕް އިން ވަނީ އާންމު ރައްކާތެރިކަމަށް ޔަގީންކުރުމުގެ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ ފައިދާ ވަރުގަދަކޮށް، ފާމިކްސް ލެބޯޓްރީތަކުން އުފައްދާ ތަފާތު ފަސް ޝިރަޕް ބޭހެއްގެ ރިކޯލް އެލާޓެއް ނެރެފަ އެވެ.