ads
އާސަންދަ ކައުންޓަރެއް: ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހެއް އާސަންދައިން ނުލިބޭ ގޮތް ހެދުމަށް އެކުންފުނިން ވަނީ ނިންމާފައި - ފޮޓޯ:އާސަންދަ
ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ނޫން ބޭހެއް އާސަންދައިން ނުލިބޭގޮތް ހަދައިފި
ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހެއް އާސަންދައިން ނުލިބޭ ގޮތް ހެދުމަށް އާސަންދަ ކުންފުނިން ނިންމައިފި އެވެ.

އާސަންދަ ކުންފުނިން އާސަންދަ ސްކީމުގެ ހިދުމަތްދޭ މަރުކަޒުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެ ސްކީމުގެ ތެރެއިން ޑޮކްޓަރުން ބޭސް ލިޔެދޭއިރު، ބަލިމީހާއަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންނަމަ، ބޭހުގެ އިންސްޓްރަކްޝަންސްގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރުމަށް އެދޭކަން ލިޔަން ވާނެ ކަމަށެވެ.

އެފަދައިން ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެ ނޫން ބޭހެއް ބަލިމީހާއަށް ދޫކޮށްގެން ނުވާނެ ކަމަށް އާސަންދައިން ބުނެ އެވެ. އާސަންދައިން ބުނެފައި ވަނީ ހިދުމަތަށް އެދި ދާ ބޭސް ފިހާރައިގައި އެ ބޭހެއް ސްކީމުގެ ތެރެއިން ދޫނުކުރެވޭނަމަ، އެކަން ބަލިމީހާއަށް އޮޅުންފިލުވާ ދެވެން ވާނެ ކަމަށެވެ.

ބޭހުގެ އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔާ ހިނދަކު، ބޭސް ފިހާރައިން ބިލު ކުރަން ވާނީ އެ ފިހާރައިން ބަލިމީހާއަށް ދޫކުރި ބްރޭންޑަށް ކަމަށާއި ޑޮކްޓަރު ވަކި ބްރޭންޑެއް ދޫކުރުމަށް އެދޭ ހާލަތުގައި، އެ ބްރޭންޑެއް އެއްވެސް ބޭސް ފިހާރައަކުންވެސް އެ ވަގުތަކު ލިބެންނެތް ނަމަ، އެ ބްރޭންޑް ބަދަލު ކުރުމަށް ބަލިމީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެ ކަަމަށް އާސަންދައިގެ ސާކިއުލާގައިވެ އެވެ.

އާސަންދައިން ބުނި ގޮތުގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެ ނޫން ބްރޭންޑެއް ބަލިމީހާއަށް ދޫކޮށްފިނަމަ، އެފަދަ ޓްރާންސެކްޝަންތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރިޖެކްޓްކުރާނެ ކަމުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް