ads
ރާއްޖޭގެ ރަށެއް (ފޭސްބުކް ފޮޓޯ)
ކުޑަކުދިންނާ ބެހުނު ކަމަށް ބުނި މުދިމު ސަލާމަތްވެއްޖެ
ކިޔަވާ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި މުދިމު އަދި ގުރުއާން ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.

އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއެވެ. ނަމަވެސް، އެ ތިން ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތަށް ސާވިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން އެ ޓީޗަރު ހައްޔަރުކުރީ އޭނާ ކައިރިއަށް ގުރުއާން ކިޔަވަންދާ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާގެ ޝިކާރައަކަށް ވި ކުދިންގެ ތެރޭގައި އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލައިގައި ދައުވާކުރި މީހާ އަކީ އެ ރަށު މިސްކިތުގައި އިމާމުވެ ނަމާދުކުރާ އަދި ހުތުބާ ވެސް ދޭ މީހެކެވެ. އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި ފަހުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އަލުން ބަންދު ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް