ads
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ބުނި ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް، މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމުގަ އެވެ. އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން

އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެ ޕާޓީން އެދިފައިވެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކޮށް، ޝައުގުވެރިކަން ފާޅު ކުރާ ފޯމާ އެކު ހުށައެޅުމަށް ވެސް އެ ޕާޓީން އެދެ އެވެ.

ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް