ads
އެމްއެސް ދޯނީ
ދޯނީގެ 7 ނަންބަރު ދެން އެހެން ކުޅުންތެރިއަކު ނުލާނެ
އިންޑިއާ ކްރިކެޓް ލެޖެންޑް، އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، މަހިންދުރަ ސިންގް ދޯނީގެ ޝަރަފްގައި އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ހަތް ނަމްބަރު ޖޯޒީ އެއްވެސް ކުޅުންތެރިޔަކު ބޭނުން ނުކުރާ ގޮތަށް އިންޑިޔާގެ ކްރިކެޓް ބޯޑުން ނިންމައިފިއެވެ.

އިންޑިޔާގެ ހަތް ނަންބަރަކީ ލެޖެންޑަރީ ކްރިކެޓް ތަރި ދޯނީގެ ނަންބަރެވެ. 

ދޯނީގެ ޝަރަފުގައި އެ ނަންބަރު ދެން އެހެން އެއްވެސް ކުޅުންތެރިއެއް ބޭނުން ނުކުރާ ގޮތަށް ނިންމިއިރު، ސަޗިން ޓެންޑުލްކާގެ ޝަރަފުގައި އިންޑިޔާގެ 10 ނަންބަރުވެސްވަނީ އެހެން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުކުރާ ގޮތަށް ކުރިން ހަމަ ޖައްސައިފައެވެ. ސަޗިންގެ ޖޯޒީ އެއްވެސް ކުޅުންތެރިޔަކު ބޭނުން ނުކުރާ ގޮތަށް ނިންމީ 2017 ވަނަ އަހަރުއެވެ.

އިންޓަނޭޝަނަލް ކްރިކެޓުން މިހާރު ރިޓަޔަރކޮށްފައިވާ ދޯނީ އައިޕީއެލްގައި އަދިވެސް ކުޅޭއެވެ. އެކަމަކު ސަޗިންވަނީ ކުޅުން ހުއްޓާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް