ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހުރަވީ ދުވަހާ ގުޅިގެން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 އެޖެންޑާގެ ތެރޭގައި ފުރިހަމަ ކުރުމަށް ވީ ވައުދުފުޅު ތަކުގެ ތެރެއިން ފައިސާ ޗާޕްކުރުން އެއްކޮށް ހުއްޓާލާނެ ކަމަށް ވަނީ ވައުދުވެފަ އެވެ. ރައީސް ވިދާޅުވީ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައި ވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 އެޖެންޑަގައި ވަނީ ޖުމްލަ 161 ކަމެއް ހާސިލް ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ހަފްތާ ހަތަރެއް އަކާ ހަމައަށް އައި އިރު ހަތަރު ވަނަ ހަފްތާއާ ހަމައަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ވައުދެއް ވަނީ ފުރިހަމަ ކޮށް ނިންމާފައިކަމަށް ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.