ads
ދިރާގުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައި - ފޮޓޯ:ދިރާގު
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް ދިރާގުގެ އެހީ
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގެ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓު ކުލާހަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލުގެ ލާނިން ސަޕޯޓް ކުލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ. މީގެ ތެރޭގައި ތެރޭގައި ކޮމްޕިއުޓަ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަ، ހެޑްސެޓް އަދި ކްލާސްރޫމް ސެޓްއަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނެ އެވެ. ދިރާގުން ބުނީ މި އެހީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މި ސްޕެޝަލް އެޑިއުކޭޝަން ޔުނިޓުގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ދިރާގާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފަ އެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރު، ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް، އިންކްލޫސިވް އެޑިއުކޭޝަން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ދޭ އަހަންމިއްޔަތު ކަމަށް ތައުރީފުކުރައްވައި ސްކޫލަށާއި ހުރިހާ ދަރިވަރުންނަށް މަސްއޫދު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވަނީ ލާނިން ސަޕޯޓު ކްލާހަށް އެ ކުންފުނިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ލާނިން ސަޕޯޓު ކުލާހަށް އިތުރުވެގެން މިދިޔަ ރިސޯސްގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމައަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމައުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް