ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް - ފޮޓޯ:އެމްއޭސީއެލް
މި ފެށޭ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މަޓާޓޯއިން ލަފާކޮށްފި
ކުރިއަށް އޮތް 2024 ވަނަ އަހަރު ރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކޮށްފި އެވެ.

މި އަދަދަކީ މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 7.9 އިންސައްތަ އިތުރު އަދަދެކެވެ. 

މަޓާޓޯއިން އަންނަ އަހަރަށް ލަފާކުރާ ބައެއް ހިސާބުތައް: 

  • ޔޫރަޕް: 400،000 އެރައިވަލް (20 އިންސައްތަ)
  • އޭޝިއާ: 1.2 މިލިއަން އެރައިވަލް (60 އިންސައްތަ)
  • އެމެރިކާ: 200،000 އެރައިވަލް (10 އިންސައްތަ)
  • އެހެން ގައުމުތަކުން: 210،000 އެރައިވަލް (10 އިންސައްތަ)

ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އަނެއްކާވެސް އިތުރުވުމާ އަދި ފަތުރުވެރިންނަށް ހާއްސަ އާ ތަންތަން އަންނަ އަހަރު ހުޅުވުމަކީ ރާއްޖެއަށް އަންނަ އަހަރު ފަތުރުވެރިން އައުން އިތުރުވާނެ ސަބަބުތައް ކަމަށް މަޓާޓޯއިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ މަސައްކަތް ނިމުމުން ރާއްޖެއަށް ފަތުރުވެރިން ގެންނަ މިންވަރު އިތުރު ކުރުމަށް މަގުފަހިވާނެ ކަމަށް މަޓާޓޯއިން ދެކެ އެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ ޑެސްޓިނޭޝަން ވެޑިންސް އާއި ހަނީމޫނަށް ރާއްޖޭގެ މަގުބޫލުކަން އިތުރުވާނެ ކަމަށެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރި ކަމަށް ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ވީނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ފަހުން ވަނީ އެ އަދަދު 1.9 މިލިއަނަށް މަތިކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.75 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް