ޝާފިއު އިސްތިއުފާދެއްވަމުން ވިދާޅުވީ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.
ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ޝާފިއު ވިދަޅުވީ ދާއިރާގެ ހުރި މައްސަލަތަކުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް މިނިސްޓަރަށް ދަންނަވާފައިވާކަމަށެވެ. އަދި ހުރި މައްސަލަތަކުގެ ތަފްސީލު ސިޓީއަކުން ރައީސް ޑރ. މުއިއްޒަށް ވެސް ފޮނުވާފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކަންކަމުގެ ތަފްސީލެއް ޝާފިއު ހާމައެއް ނުކުރައްވައެވެ.
ޝާފިއު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.