ads
ބިދޭސީން މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ:ސީއެންއެމް
ބަންގްލަދޭޝްއިން ލޭބަރުން އަލުން ގެނެވޭ ގޮތަށް ހަމަޖައްސައިފި
ބަންގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމުގަ އެވެ.

މިނިސްޓްރީން ބުނީ އެ އާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން މިވަގުތު މަޑުޖައްސާލާފައިވާ ކަމަށެވެ.

އެގޮތަށް ނިންމި ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރުގަ އެވެ.

މިހާރުވެސް ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންްގްލަދޭޝްގެ ލޭބަރުންނެވެ. އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ އަދަދުވެސް ވަރަށް ގިނަކަން ފާހަގަކޮށްލެވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން ދާދިފަހުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް