ads
ފަނޑިޔާރު ޝުޖޫން
ޖޭއެސްސީގެ ނައިބު ރައީސްއަކަށް ޝުޖޫން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހަމަޖައްސައިފި އެވެ.

ޖޭއެސްސީގެ ނައިބު ރައީސްއަކަށް ޝުޖޫން ހަމަޖެއްސިކަން ޖޭއެސްސީން ހާމަކުރީ މިއަދު އެވެ. ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވީ، ރައީސްގެ މެންބަރުގެ ގޮތުގައި ހުންނެވި މަސްތޫރު ހުސްނީ އެވެ. އެކަމަކު ވެރިކަން ބަދަލުވުމުން، އެ މަގާމަށް ރައީސް ޑރ. މުއިއްޒު ވަނީ އެހެން ބޭފުޅަކު އައްޔަންކުރައްވާފަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޝުޖޫން ހަމަޖެއްސިއިރު، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވީ ހިސާން ހުސެއިނެވެ. އެހެންކަމުން ޖޭއެސްސީގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާނީ ދެ އަންހެން ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝުޖޫން އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް