ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ މާދަމާ ފަށަނީ
ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީ އާއި އެޑްވާންސް ފައިސާ ނެގުމަށް ފަހު، ފިލައިގެން އުޅުނު، ސީލައިފް އައްމަޓީގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފުތާގަ އެވެ. އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލީވެސް މިދިޔަ ހަފުތާގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ހައިކޯޓުގައި ފަށާނީ މާދަމާ ހެނދުނުއެވެ.

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ވަގުތީ ގޮތުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.  އައްމަޓީގެ އާއިލާ ދިރިއުޅެނީވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތުފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް