ads
ފުލުހުން އަތުލައިގެންފައިވާ ބަނގުރާ ފުޅިތަކެއް
2 ހަފްތާގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާ އެއްޗެހި އަތުލައިގަތިން ؛ ދާހިލީ ވަޒީރު
މިދިޔަ ދެ ހަފްތާގެ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދަޅުވީ މިތަލެތި އަތުލައިގަނެފައިވަނީ ރައީސް ޑރ މުއިއްޒުގެ އިރުޝާދުގެ ދަށުން ފުލުހުންނާއި ކަސްޓަމާއި އަދި އިމިގްރޭޝަން އަދި ކަރެކްޝަންސް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކް ފޯހުންކަމަށެވެ.  

މިނިސްޓަރ ވިދާޅުވީ އަތުލައިގެންފައިވަނީ މަސްތުވާތަކެއްވާއި ބަނގުރާ ކަމަށެވެ. މި ތަކެތީގެ އަގު 5.5 މިލިއަން ރުފިޔާއަށް އަރާއިރު މި މައްސަލަތަކުގައި 53 މީހަކު އަތުލައިގެނެ ހައްޔަރުކޮށްފައިވާކަމަށެވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި އެންމެނަކީވެސް ބިދޭސީންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި މައްސަލަތަކާއި ބޭހޭ އެއްވެސް ތަފްސީލެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

މިމަހުގެ 12 ވަނދުވަހު ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 އިން ވަނީ ބަނގުރާ ފުޅިތަކަކާއި އެކު 31 ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެނާ ދުއްވި ކާރެއް ހިފަހައްތާ ބެލިއިރު އޭގެތެރެއިން 69 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް