 
                                                                                                
                    ވަރުންގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާގެ ފައި އެންޖަރީވެފައިވާކަން ހިއްސާކޮށްފައިވެ އެވެ. އޭނާގެ ފައި އެންޖަރީވީ އަޓްލީސް ވީޑީ 18 ގެ ޑައިރަކްޓަރާ އެކު އެ ފިލްމުގެ ޝޫޓިން ކުރަމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ވީޑީ 18 ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރެވެ.
ވަރުން ޝޯޝަލް މީޑިއާގައި އޭނަގެ އެންޖަރީ އާ ބެހޭ އަޕްޑޭޓެއްގެ ގޮތުން ޝެއާކޮށްފައިވާ ފޮޓޯއިން ފެންނަނީ އޭނަގެ ފައި ދުޅަވެ، ރަތް ކުލައިގެ ތިކިތަކެވެ.
 ވަރުން ދަވަންގެ އެންޖަރީވެފައިވާ ފައި - ފޮޓޯ:ވަރުން ދަވަން
ވަރުން ދަވަންގެ އެންޖަރީވެފައިވާ ފައި - ފޮޓޯ:ވަރުން ދަވަން
މިއީ މިގޮތަށް ޝޫޓިންގެ ތެރެއިން ވަރުން އެންޖަރީވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެކިއެކި ފިލްމްތަކުގެ ޝޫޓިންތަކުގެ ތެރެއިން ވަރުންއަށް އެކިވަރުގެ އެކި އެންޖަރީތައް ވެފައިވެ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ވީޑިއަކުން ފެންނަނީ ފައިގެ ތަދުމަޑުކުރުމަށް ފައިގައި އައިސް އަޅާ މަންޒަރެވެ.