ads
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު: ޕީޖީގެ ވަކީލަކާ ގުޅޭ ކުއްލި މައްސަލައެއް މަޖިލިހަށް ވަނީ ހުށަހަޅުއްވާފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޕީޖީގެ ވަކީލަކާ ގުޅޭ ކުއްލި މައްސަލައެއް މަޖިލިހަށް
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕްރެސެކިއުޓަރެއް އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށައަޅާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. މައްސަލަ ހުށައެޅުއްވިއިރު އޭނާ މައްސަލައިގައި ވަކި މީހެއްގެ ނަމެއް ހިއްސާކޮށްފައެއް ނުވެ އެވެ. 

މި ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މެމްބަރުން ވަނީ މި މައްސަލަ މަޖިލިހަށް ބަލައިގަނެ ބަހުސްކުރަން ފާސްކޮށްފަ އެވެ.

މައްސަަލަ ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލަ ހުށައަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމަކީ ދީނީ ގޮތުން ބޮޑު ފާފައެއް ކަމުގައި ވީނަމަވެސް މިހާރަކަށް އައިސް ރާއްޖޭގައި މިކަން އޮތީ ވަރަށް ބޮޑަށް އާންމުވެފައި ކަމަށެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން މިފަދަ ކުށްތަކަށް ދައުވާ ކުރަނީ ލުއި އަދަބެއް ލިބޭ ގޮތަށް ކަމަށާއި މިކަން މިގޮތަށް ވެގެން މި ދަނީ ޕީޖީ އޮފީސް ތެރޭގައިވެސް އެފަދަ މީހުން ތިބީމާކަން މިއަދު އެނގިގެންދާ ކަމަށެވެ.

"އެ ދުވަހު ދައުލަތުގެ ފަރާތުން ވަކާލާތުކުރަން ހުރި ވަކީލަކީ އެއްޖިންސުން ގުޅުން ހިންގާ މީހަކަށް ވީމާ އޭނާއަށް ހަޖަމެއް ނުވާނެ އޭނާ ޖަލުގައި އޮންނަން ޖެހޭ ދުވަހު ބޮޑު ހުކުމެއް އަންނާކަށް،" - ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

މެމްބަރު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށެވެ. އަދި އިސްލާމީ ދައުލަތަކަށްވެ، ދީނާ ހިލާފު އެތައް ކަމެއް ކުރަމުންދާއިރު އެ ކަންކަން ކުދި ކަންކަމަށްވެ އާންމުވެފައިވާ ކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެންކަމުން ދީނާ ގުޅޭ މައްސަލަތައް ސީރިއަށްކޮށް ބަލައިގަނެ، އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް މެމްބަރު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް