އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދަތުރުފަތުރު ކުރުމުގައި މިވަގުތު ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ހަލާކުނުވެ ތާޒާކަންމަތީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިން ޕްލެޓްފޯމެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭ އެސްޓީއޯއިން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.