ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސައީދު ދެެއްވީ ތެލާއި ގޭހާއި ކާޑު ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން
ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެއަށް މިހާރު ގެނެސްފައިވާ ކަމަށާ ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

ނަމަވެސް މި ހާލަތުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ގެންދަވާ ކަމަށެވެ.

އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިގޮތުން މި ހަފުތާ ވެސް މިހާރު ވަނީ ތެލުގެ އާ ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމުގައި ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވަނީ އެސްޓީއޯއިން ސަޕްލަޔަރުންނާއި އެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެމެރިކާއާ އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށިފަ އެވެ. އެކަމުގެ ސަަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަކުރެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތައް އަޅުއްވަމުންނެވެ.

އަދި ދުނިޔޭގެ ބާޒާރުގެ ތެޔޮ ވިއްކާ އަގާއި އަޅާ ބަލާއިރު ރާއްޖެއިން މިހާރު ތެޔޮ ވިއްކަނީ ހެޔޮ އަގެއްގައިކަން ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;