އިއްޔެ ހަވީރު ހުޅުމާލެ ދުވާ ޓުރެކުގައި ވަނީ ޕެރަ ސްޕޯޓްސް ކްލަބުން އައިއޯއައިޖީ 2027 ވަަނަ އަހަރަށް ދަތުރު ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ވަނީ ޕެރަ ސްޕޯޓްސް ކްލަބުގެ ކުދިންނަށް ޓީޝާޓު ހަވާލުކޮށްފަ އެވެ. އެތްލީޓުން ބުނީ އެ ކުދިންގެ އުންމީދަކީ މިހާރު ރާއްޖެއަށް އައިއޯއައިޖީން ހޯދިފައިވާ މެޑަލްތަކުގެ ކުލަ ބަދަލުކޮށްލުން ކަމަށެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕެރަ މޯލްޑިވްސްގެ އެތްލީޓެއް ބުނީ އެކުދިން މިކަމުގައި ކުރިއަށް ދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް މިފަދަ ކަންކަން ކުރެވޭނެކަން ދައްކަމުން ކަމަށެވެ.
ދެހާސްނަވާރަ ވަނަ އަހަރު ރަޖިސްޓްރީކުރި ޕެރަ ސްޕޯޓްސް ކުލަބުގެ އަމާޒަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ހޯދައި ދިނުމެވެ.
ޕެރަ ސްޕޯޓްސް ކުލަބުގެ ލޯފަން ކުއްޖެއް ދުވަނީ
ޕެރާ ސްޕޯޓްސް ކްލަބުގެ އެތުލީޓުން މީގެކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެފައިވެ އެވެ. އެގޮތުން:
އުރީދޫ މޯލްޑިވްސްއަކީ ޕެރަ މޯލްޑިވްސްއިން ކުރާ މި ދަތުރުގައި އެމީހުންގެ ކުރިއެރުމާއި ކާމިޔާބީއަށް ފޮނި އިންތިޒާރުތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އުރީދޫގެ މި އިސްނެގުމާ ގުޅިގެން ޕެރަ މޯލްޑިވްސްގެ އެތްލީޓަކު ބުނެފައި ވަނީ މި އިސްނެންގެވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
ކުރިއަށް އޮތް އައިއޯއަިޖީގައި ބައިވެރިވާން ބޭނުންވާ އެތުލީޓުންނަށް ޕެރަ ސްޕޯޓްސް ކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގުޅައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެފަރާތުގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ކަމުގައި ޝާމިލުވުމެވެ.