ads
އައްމަޓީ
ލަންކާއަށް އެތެރެނުވެވިގެން އައްމަޓީ އެނބުރި މާލެއަށް
ސީލައިފް މައްސަލައިގައި ދައުވާ ކުރާ، އަހްމަދު މޫސާ މުހައްމަދު - އައްމަޓީއަށް، ލަންކާއަށް އެތެރެ ނުވެވިގެން އެނބުރި މާލެ އަތުވެއްޖެއެވެ.

އައްމަޓީއަށް ލަންކާއަށް އެތެރެނުވެވިގެން އެނބުރި މާލެ އައިކަން އެނގުނީ، އޭނާ ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. 

ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީ އާއި އެޑްވާންސް ފައިސާ ނެގުމަށް ފަހު، ފިލައިގެން އުޅުނު، ސީލައިފް އައްމަޓީގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި މިއަދުވަނީ ފަށައިފަ އެވެ. 

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ވަގުތީ ގޮތުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.  

އައްމަޓީގެ އާއިލާ ދިރިއުޅެނީވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތުފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް