ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރޭޝަނަށް ހުޅުވައިފައި ވަނީ އަންނަ މަހުގެ 18 އާ ހަމައަށް ކަމަށެވެ. މި ލިންކް https://qc.nchq.gov.mv/site/verify ރަޖިސްޓްރީވެވޭނެ އެވެ.
ގައުމީ ޤުރުއާން މުބާރާތް ބާއްވަން ހަަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 23 އިން މާޗް 2 އާ ހަމައަށެވެ.
ގުރުއާނާބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސުކޫލް، ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނަށާއި މަރުކަޒުތަކާއި ގުރުއާން ކުލާސްތަކަށް ދީފައިވާ ކަމަށެވެ. އަދި ގުރުއާނާއި ދީނަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްކުރާ ކްލަބު ޖަމިއްޔާތަކަށް ވެސް އެ ފުރުސަތު ހުލުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.