ads
އަހުމަދު މޫސާ (އައްމަޓީ)
އައްމަޓީ ފުރުން ހައިކޯޓުން ހުއްޓުވައިފި
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖޭން ބޭރަށް ފުރުން ހައިކޯޓުން ހުއްޓުވައިފި އެވެ.

ސީލައިފް އައްމަޓީ ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިމެންދެން އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން މިއަދު ނެރުނު އަމުރަކުންނެވެ. މިއީ، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު އަމުރެކެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް، ވަކި މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފަ އެވެ. މައްސަލައިގެ އަޑުއެހުންތަކުގެ ތެރެއިން އެނގުނު ގޮތުގައި ލަންކާއަށް އައްމަޓީ ދިޔަނަމަވެސް އެ ގައުމަށް އޭނާ އެތެރެއެއް ނުވެވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް