ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން 500 ރުފިޔާގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ލަކީޑްރޯގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 15 ޕްރޯއެއް ހަދިޔާ ކުރާ ގޮތަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކަމުގަ އެވެ.
މިއަދުން ފެށިގެން އަންނަ މަހު 18 ވަނަ ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.