ads
މާލޭގެ ސަރަހައްދަކުން މިރޭ ފެން ކެނޑޭނެ: އެމްޑަބްލިއުއެސްސީ
މާލޭގެ ސަރަހައްދަކުން ވަކި ވަގުތަކަށް ފެނުގެ ހިދުމަތް މިރޭ ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

''މާލެ ސްޓްރީޓް ސްކޭޕިން ޕްތޮޖެކްޓް'' ގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ސަރަހައްދުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ހޮޅި ގުޅާލުމުގެ މަސައްކަތްތަކެއް، 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ ރޭ (މިރޭ) 23:00 އިން ފަތިހު 04:00 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިންވަނީ ބުނެފަ އެވެ.

އަދި މި މަސައްކަތްތައް ކުރިއަށް ދާއިރު ހަނދުވަރީ ހިނގުމާއި ކަނބާއައިސާރަނި ހިނގުމާއި ދެމެދުން، އަމީނީ މަގުގައި ހިމެނޭ ގޭބިސީތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ނެރެފައިވާ ނޯޓިސްގައިވެ އެވެ. 

your imageއެމްޑަބްލިއުއެސްސީގެ ނޯޓިސް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް