މުލާގެ ކޮންޓްރެކްޓް އާކޮށްފި
ސްޕޯޓްސް ޓީމް
19 ޑިސެމްބަރ 2023 - 22:34:46
ބަޔާން މިއުނިކްގެ މިޑްފީލްޑަރު ތޯމަސް މުލާގެ ކޮންޓްރެކް އެ ކްލަބުން އާކޮށްފިއެވެ.
އުމުރުން 34 އަހަރުގެ މުލާގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މުލާގެ ކޮންޓްރެކްޓް މި އާކުރި، ޖަނަވަރީގައި އޭނާ އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.
އުމުރުން 34 އަހަރުގެ މުލާގެ މުޅި ކެރިއަރުގައިވެސް ބަޔާން މިއުނިކް ނޫން އެހެން ކްލަބަކަށް ނުކުޅެއެވެ. 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުޅުނު ފަހުން ސީނިއާ މެޗުގައި 684 މެޗުގައި މުލާ ކުޅެފަ އެވެ.
މުލާ ވަނީ ޖަރުމަން ބުންޑެސްލީގާގެ 12 ތަށި، ޗެމްޕިއަންސް ލީގު ދެ ފަހަރު، ހަ ޖަރުމަނު ތަށި އަދި އަށް ޖަރުމަން ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް