ads
ކަސްޓަމްސުން މިދިޔަ މަހު 429 މިލިއަން ރުފިޔާ ދައުލަތަށް
އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 429 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ބުނީ މިދިޔަ މަހުގެ އިމްޕޯޓްސް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމުދަނީއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ކިޔާއިރު %21 ކުރިއެރުމެއްކަމަށެވެ

ކަސްޓަމްސްގެ ތާފާތު ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ދެ އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ އެ އަދަދު ހުރީ 4.3 ބިލިއަން ގައެވެ. 

ކަސްޓަމްސް އިން ދައުލަތަށް ލިބުނު އާމްދަނީ 

  • ޖުމްލަ އާމްދަނީ 429 މިލިއަން 
  • އެތެރެކުރި މުދަލުގެ އަގު 216 މިލިއަން
  • ބޭރުކުރި މުދަލުގެ އަގު 4.3 ބިލިއަން 

މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެގައުމުން 664 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 651 މިލިއަން ރުފިޔާގެ މުދާވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. ތިންވަނާގައި އޮތީ އޮމާނުންނެވެ. މިދިޔަ މަހުގެ ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލޭންޑަށެވެ. ބޭރުކުރި މުދަލުގެ %56 ހިއްސާކުރަނީ އެ ގައުމުންނެވެ.

މިދިޔަ މަހު މަހުގެ ރޯޔަލްޓީގެ ގޮތުގައި 11.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް