ads
ފައިސާތަކެއްގެ މައްސަލައިގައި ބިދޭސީ ޔޮޓެއް ހިފަހައްޓައިފި
ރާއްޖޭގެ ކުންފުންޏަކަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދީގެން ބިދޭސީ ސުޕާ ޔޮޓެއް ރާއްޖެ އިން ފުރުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓު ޕްރައިވެޓް ލިމިޓެޑަށް ދޭން ޖެހޭ ފައިސާގެ މައްސަލައެއްގައި ހިފަހައްޓާފައިވަނީ މާޝަލް އައިލެންޑުގައި ރަޖިސްޓްރީ ކޮށްފައިވާ ޔޮޓެވެ.

ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓު ޕްރައިވެޓް ލިމިޓެޑް ގެ އެދުމުގެ މަތިން ބީއެސް ސްޓާ ޝިޕިން އިންކް ގެ "ކަޓީނާ" ޔޮޓް ރާއްޖެ އިން ފުރައިގެން ދިޔުން މަނާކުރީ، ސީލް މޯލްޑިވްސް ގެ ފަރާތުން ބީއެސް ސްޓާ ގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ ފައިސާގެ މައްސަލަ އަކާ ގުޅިގެންނެވެ.

ސީލް މޯލްޑިވްސް އިން ކޯޓުގައި ބުނެފައި ވަނީ، ބީއެސް ސްޓާ، ކަޓީނާ ޔޮޓް، އެ ކުންފުނީގެ އެޖެންޓު ކަމުގައި 2021 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އައިސް 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުރައިގެން ދިޔަ މުއްދަތުގައި، ފޯރުކޮށްދީފައިވާ ހިދުމަތްތަކަށާއި އެ ހިދުމަތްތަކަށް ފައިސާ ނުލިބުމުން ވީ ގެއްލުމަށް 180،000 އަށް ވުރެ ގިނަ ޑޮލަރު، ނުލިބި އެބަ އޮތް ކަމަށެވެ.

ޓޫރިސްޓުން ޗާޓަރު ކޮށްގެން ޗުއްޓީ ހޭދަކުރާ ކަޓީނާ ޔޮޓަކީ ހަ ކޮޓަރީގެ 60 މީޓަރު ދިގު، އުޅަނދެކެވެ. އެއް ފްލޯ އިން އަނެއް ފްލޯ އަށް ދިއުމަށް ލިފްޓް ހުންނަ، މި ޔޮޓް ގައި ޖިމް އާއި މޫދު ކުޅިވަރުގެ ގިނަ ހިދުމްތަތަކެއް ލިބެން ހުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް