ads
ގާސިމް އަނެއްކާވެސް މާމިގިލި ދާއިރާއަށް
އަންނަ ދައުރުގައިވެސް މާމިގިލީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މީ އެދާއިރާގެ ގޮނޑިއަށް އެނާ ކުރިމަތިލައްވާ 4 ވަނަ ފަހަރެވެ. މިދިޔަ 3 ދައުރުގައިވެސް މާމިގިލީ ގޮނޑީގައި އިންނެވީ ގާސިމްއެވެ.

މިއަދު ރައީސް ޑރ މުއިއްޒާއި އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލަވުމަކަށްފަހު ނުކުމެވަޑައިގެން ގާސިމް ވިދާޅުވީ އޭނާ މާމިގިލި ދާއިރާއަށް އަންނަ މަޖިލީހުގައިވެސް ވާދަކުރައްވާނެކަމަށެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. 

އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖލީހުގެ އިންތިހާބުގައި ގާސިމް އޭނާ ގޮނޑި ދިފާއުކުރެއްވީ 106 ވޯޓްގެ ތަފާތަކުންނެވެ. ގާސިމަށް ލިބިވަޑައިގަތީ 1163 ވޯޓްއެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒަށް ލިބުނީ 1057 ވޯޓެވެ. 

10،000 މެމްބަރުން ހަމަވެގެން އަންނަ އަހަރުގެ ބަޖެޓުން ވެސް ފައިސާ ލިބޭ ޖޭޕީގައި މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ތިބީ 22607 މެމްބަރުންނެވެ. އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ އެންމެ 5460 ވޯޓެވެ. 

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް