މިއަދު މޯލްޑިވްސް ނޭޝަނަލް ޕާޓީން ނެރެފައިވާ ބަޔާނެތްގައި ބުނީ 19 ޑިސެމްބަރު 2023 ގައި ބޭއްވުނު ރައްޔިތުންގެ މިޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ވެރިން ހިމެނޭ ގޮތަށް ސިޔާސީ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށެވެ. އަދި އެކަން އެ ޕާޓީން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދު ދައްވެފައިވާ ދަނޑިވަޅަކަށްވުމާއެކު، އާންމު ރައްޔިތުންގެ މުސާރަތަކަށް އެދެވޭ ބަދަލެއް ނާންނަ ހިނދެއްގައި، އަދި 2024 ވަނަ އަހަރަށް ޑެ ފިސިޓް ބަޖެޓެއް ފާސްކުރެވިފައިވާ ހިނދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ވެރީން ހިމެނޭ ގޮތަށް ސިޔާސީ ފަރާތްތަކުގެ މުސާރަ ބޮޑު ކުރުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުން ފާސް ނުކުރުމަށް އެމްއެންޕީއިން ގޮވާލަފައި ވެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުން ކަނޑައަޅައި މުސާރަތައް ބޮޑުކުރަން ފާސްކޮށްފައެވެ. އެގޮތުން، މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ރައީސާއި ނައިބު ރައީސްގެ މުސާރަ ވެސް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، މުސާރަތައް ބޮޑުކުރަން މަޖިލީހުގެ ތަޅުމުން އަދި ފާސްކޮށްފައެއް ނުވެއެވެ.
އިއްޔެ ބޮޑުކުރަން ނިންމި މުސާރަތައް:
މީގެ އިތުރުން ވެސް ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މުސާރަ ވެސް 74،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.