ads
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 61 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރު ކޮށްފައި ވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ ސަރަހައްދުގައި ހުންނަ ފުލުހުންގެ އިދާރާއަށް މާޗް 25 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ. 

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ އިދާރާއިން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް