ads
ބަޖެޓްނުކޮށް ފުށި ދިއްގަރުފަޅު ހިއްކާ މައްސަލަ އޭސީސީއަށް
ބަޖެޓުގައި ނުހިމަނައި، މާލެ އަތޮޅޫ ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނުގައި ރަސްމާލެ ގެ ނަމުގައި ސިޓީއެއް ތަރައްގީކުރަން މިދިޔަ އަންގާރަ ދުވަހު ފެށި ބިން ހިއްކުމުގެ މަޝްރޫއު އާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އާ ސަރުކާރުގެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއު ކުރިއަށް ގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. މާ ގިނަ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިވާ ނުވާއެ މަޝްރޫއުގައި 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވީނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. އޭސީސީން ވެސް އެ ވާހަކަ އަދި ނުދައްކަ އެވެ. އެހެންނަމަވެސް އެ މައްސަލަ ކޮމިޝަނުން މިހާރު ދިރާސާކުރަމުންދާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި އެވެ. އެކަމަކު އިދިކޮޅު އެމްޑީޕީން ބަޖެޓު ފާސްކުރީ އެ މަޝްރޫއު އުނިކޮށް އެ ފައިސާ ޕީއެސްއައިޕީގެ އެހެން މަޝްރޫއުތަކަށް ބަހާލައިފަ އެވެ. އޭގެފަހުން، ކުއްލި ގޮތަކަށް އެ މަޝްރޫއު ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިން ހިއްކަން ފެށީ އެ މަޝްރޫއުގެ ފައިސާ ހޯދާނެ ގޮތެއް ވެސް ހާމަނުކޮށެވެ. އަދި އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް