ads
ސިޔާސީ ޕާޓީތަކުގެ ވެރިންގެ އެއްބާރުލުން ލިބޭނެ ކަމަށް ސަރުކާރުން ބުނެފި
މިއަދު ރައީސް ޑރ. މުހައްމަދު ބައްދަލުކުރެއްވި ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުން ވެސް ސަރުކާރު ހިންގުމުގައާއި ގައުމީ މަސައްކަތްތަކުގައި ފުރިހަަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މިއަދު ބައްދަލުކުރެއްވި ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ބޭއްވި ހަތަރު ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.

your imageރައީސް އަދި ގާސިމް

ހަމައެއާއެކު ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަަކަށް އެ ޕާޓީތަކުގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސްވަނީ ދީފައެވެ.

"އަދި ގައުމުގެ ދާޚިލީ ކަންކަމުގައާއި ޚާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި، ސަރުކާރަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ،" ރައީސް އޮފީހުގެ ސައިޓުގައި ޝާއިރު ކުރި ހަބަރެއްގައި ބުނެފައިވެ އެވެ.

your imageރައީސް އަދި ހަސަން ލަތީފް

ހަތަރު ޕާޓީއެއްގެ ތާއިދު ރައީސަށް އޮތްކަން މިއަދު ހާމަކުރިއިރު އިދިކޮޅު އެމްޑީޕީން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެެއިން ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. 

މަޖިލީހުގައި މެންބަރުންގެ ގޮތުގައި ވެސް ތިއްބަވާ މި ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއިރު މި ވަގުތު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ވެސް މަޖިލީހުގައި އެބައޮތެވެ.

your imageރައީސް އަދި ނާޒިމް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް