ads
ކާރު އެކްސިޑެންޓުގައި ސްކޫލެއްގެ ފާރު ވެއްޓި 4 މީހަކަށް އަނިޔާ ވެއްޖެ
އުތުރު ހުޅުމާލޭގައި ދެ ކާރު ޖެހި ހިނގި ކާރު އެކްސިޑެންޓެއްގައި ކޮންޓްރޯލުވި ކާރަކުން ޖެހި ކާމިލްދީނީ ޕްރި ސްކޫލުގެ އިންފާރުން ބައެއް ވެއްޓި ހަތަރު މީހަކަށް އަނިޔާ ވެއްޖެ އެވެ.

އުތުރު ހުޅުމާލޭގެ ކާމިލު ދީދީ ޕްރި ސްކޫލް ކައިރީގައި ރޭ 23:40 ހާއިރު ހިނގި ކާރު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފަ އެވެ.

ފުލުހުން ބުނިގޮތުގައި ދެ ކާރު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ކާރުވަނީ މަޑުނުކޮށް ފިލާފަ އެވެ. އެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ބުނެ އެވެ.

ދެ ކާރު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ކާރު ކޮންޓްރޯލުނުވެ ގޮސް ޖެހިފައިވަނީ ކާމިލްދީދީ ޕްރީ ސްކޫލްގެ އިރުމަތިފަރާތުގެ ފާރުގަ އެވެ. ކާރު ޖެހުމުގެ ސަބަބުން ފާރުން ވަނީ 10 ވަރަކަށް ފޫޓުގެ ބައެއް ވެއްޓިފަ އެވެ. ފާރުގައި ޖެހުނު ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ ފާރުގައި ޖެހުނު ކާރު ދުއްވަން އިނީ ލައިސަންސް އޮތް ދިވެއްސެެއް ކަމަށާއި އެ އެކްސިޑެންޓުގެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް