ads
31 ވަނަ ދުވަހު ބީއެމްއެލް ބަންދުވާނެ، ހުޅުވާނީ ޖެނުއަރީ ދެވަނަ ދުވަހު
މި މަހުގެ 31 ވާ އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތަކާއި ސެންޓަރުތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން މިއަދު އާންމުކުރި ދެންނެވުމެއްގައި ބުނީ މި ހިނގާ މަހުގެ 31 ވަނަ ދުވަހު އެ ބޭންކުގެ ބްރާންޗްތަކާއި ސެންޓަރުތައް ބަންދުކުރުމަށްފަހު ދެން ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދޭއް ވާ އަންގާރަ ދުވަހު ކަމަށެވެ. 

މި މުއްދަތުގައި ބޭންކިން ހިދުމަތް ހޯދުމަށް އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުން ކުރުމަށް ބީއެމްއެލުން ވަނީ އެދިފަ އެވެ.

"އަދި ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އެވެ،" ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ބީއެމްއެލުން ނެރުނު ދެންނެވުމުގައިވެ އެވެ.

ބީއެމްއެލުން ވަނީ އެ ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް މި ފެށޭ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް