ads
ކޮވިޑުގެ ސަބަބުން މަންމަނު ވަނީ
ކޮވިޑް 19 ވައިރަސް އަށް ފަރުވާ ހޯދާފައިވާ ބައެއް މީހުންގެ އަޑު ފޮށިން ވާގިގޮސް ބައެއް މީހުން މަންމަނުވުމަށް ފުރުސަތު ބޮޑުކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ "މެސެޗުސެޓްސް އައި އެންޑް އިއާ ހޮސްޕިޓަލުގެ" ފިޒިޝަން-ރިސާޗަރުން ނިންމާފައިވަނީ މި މައްސަލަ އަކީ ކޮވިޑުގެ ޑައުންސްޓްރީމް އަސަރެއް ކަމަށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ކޮވިޑަށްފަހު އަޑު ފޮށިން ވާގިގޮސް މަންމަނުވުމުގެ މައްސަލަ ދިމާވެފައިވެއެވެ. 

"ޕީޑިއަޓްރިކްސް ޖާނަލް" ގައި ޝާއިއުކުރި ދިރާސާގައި ބުނެފައިވަނީ މި މައްސަލަ ދިމާވާ ބައެއް މީހުންނަކީ އެންޒައިޓީ އަދި ނޭވާ ހިއްލުމުގެ ތާރީއެއް އޮތް ބައެއް މީހުންނެވެ. 

ކޮވިޑް ޖެހުމަށްފަހު ފަރުވާ ހޯދާފައިވާ ބައެއް މީހުންގެ އެންޑޯސްކޯޕިކް ތަހުލީލަކުން ބައިލެޓަރަލް ވޯކަލް ކޯޑް ޕެރަލައިސިސް ފެނިފައިވާއިރު، މިއީ އަޑު ފޮށިން ނުވަތަ 'ލެރިންކްސް' އިން ފެންނަ ދެ ވޯކަލް ކޯޑް ވެސް ހަރަކާތްތެރި ނުވުން ދިމާވާ މައްސަލައެއްކަމަށް ދިރާސާވެރިން ބުނެ އެވެ.

"ކޮވިޑް ޖެހުމަށްފަހު ވާހަކަ ދައްކަން އުނދަގޫވެ ނޭވާލަން އުނދަގޫވާކަމުގެ ޝަކުވާ ކުދިން ކުރާނަމަ އަވަސް ފިޔަވަޅުތަކެއް އަޅަން ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމު،" ޑިޕާޓްމަންޓް އޮފް އޮޓޮލަރިންގޮލޮޖީ-ހެޑް އެންޑް ނެކް ސާޖަރީ އެޓް މެސެޗުސެޓްސް އައި އެންޑް އިއާގެ ޑޮކްޓަރު ޑެނިއެލް ރެނީ ލާރޯ ވިދާޅުވިއެވެ. 

މި މައްސަލަ ސިއްހީ މާހިރުންނަށް އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ކިބައިންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް