ads
ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ފަންޑް ލިބޭ ދަރިވަރުން ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ނަން އެ ބޭންކުން ހާމަކޮށްފި އެވެ.
Advertisement

ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަކީ:

  • އާމިނަތު އަލްޔާ ޝާވިން 
  • މުހައްމަދު ސާޖިއު އިސްމާއީލް
  • މުހައްމަދު އައިކު އަލީ

މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް ހުރިހާ ހަރަދެއް ބީއެމްއެލުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ. ބީއެމްއެލުން ބުނީ މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށް ބީއެމްއެލުން ބުނެ އެވެ. އެ ބޭންކުން ބުނެފައި ވަނީ މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްއިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އާއި އެނަލެޓިކްސް ފަދަ ބޭންކިން އާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމް ހާސިލުކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މިއަހަރުގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ގޮތުގައި ހޮވާފައިވާ ތައުލީމީ، ގާބިލު، މި ތިން ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. މި ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން. މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކައި މި ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ

ބީއެމްއެލުން ބުނި ގޮތުގައި މިދިޔަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލުކުރަމުން ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް