ads
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދެން: ސަރުކާރު
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ގާނޫނާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ބަންދުކޮށް ނުވަތަ ބްލޮކް ނުކުރާނެ ކަމަށެވެ.

"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން މިހެން ބުނެފައިވާއިރު، މި އެޑްމިނިސްޓްރޭޝަނުގެ ނިންމުންތަކަށް ފާޑުކިޔަމުން އަންނަ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމްއަށް އިއްޔެއިން ފެށިގެން ނުވަދެވެ އެވެ. އެކްސްގައި ހަސަން ކުރުސީގެ ހޭންޑްލް 22،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރާއިރު، 16،600 އަށް ވުރެ މީހުން ދިޔަވަރު ނިއުސް ފޮލޯ ކުރެ އެވެ.

މި އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔަމުން އަންނަ ނޫސްތައް ބްލޮކް ކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ސިޔާސީ ފަރާތްތަކުންނާއި ނޫސްވެރިންގެ އިތުރުން އާންމުން ފާޅުކުރަމުން އަންނައިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔައި ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް