ads
ހޮކޭ މަސްއޮޑި އަށް ސޮއިކުރުމަށް ފަހު
އަލުން މިއައީ މިއީ ދޫކޮށްނުލެވޭނެ ފުރުސަތެއް ވީމަ: ހޮކޭ
ޕްރޮފެޝަނަލް ކުޅުން ހުއްޓާލިނަމަވެސް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައީ، ލިބުނު ފުރުސަތަކީ ދޫކޮށްނުލެވޭނެ ފުރުސަތަކަށްވުމުން ކަމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލް ބެކް، މުހައްމަދު ރަޝީދު – ހޮކޭ ބުނެފިއެވެ
Advertisement

ޕްރޮފެޝަނަލް ފުޓްބޯޅައިން މިދިޔަ އަހަރު ކުރީކޮޅު ރިޓަޔާކުރި ހޮކޭ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސް، ދެވަނަ ޑިވިޝަނުގައި ވާދަކުރާ މަސް އޮޑި ސްޕޯޓްސްއާއެކު އަންނަނީ ފަރިތަކުރަމުންނެވެ. އޭނާވަނީ އެ ކްލަބަށް ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ސޮއިކޮށްފައެވެ.

ހޮކޭ ސޯޝަލް މީޑިއާގައި ބުނީ، މަސްއޮޑި ޓީމް ލީޑު ކުރުމަށް ލިބުނު ފުރުސަތަކީ ދޫކޮށް ނުލެވޭނެ ފުރުސަތެއް ކަމަށެވެ. ދެވަނަ ޑިވިޝަން މުބާރާތް އަންނަ ހަފްތާގައި ފެށޭއިރު، ހޮކޭ ލީޑް ކުރާ މަސްއޮޑި ކްލަބު އޮތީ ގްރޫޕް އޭގައެވެ. މުބާރާތް ފަށާނީވެސް މަސްއޮޑި ޓީމުގެ މެޗަކުންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުގެން ތެރޭގައި ގުނާލެވޭނެ، ހޮކޭ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 10 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު ކުޅެފައެވެ. އެއްވަނަ ޑިވިޝަނުގައި އެންމެ ފަހުން ހޮކޭ ކުޅުނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށެވެ. އޭގެ ކުރިން ވިކްޓްރީ، ނިއުރޭޑިއަން، ވެލެންސިޔާ، މާޒިޔާ އަދި ދަގްރާންޑޭއަށްވެސް ކުޅެފައެވެ.

ހޮކޭވަނީ ނިއުރޭޑިއަންޓާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އަދި އެ ކްލަބުގެ ކެޕްޓަންކަންވެސް ހޮކޭވަނީ ކޮށްފައެވެ. ގައުމީ ޓީމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މޮޅު ކުޅުމެއް ހޮކޭ ކުޅުނެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ގައުމީ ޓީމަށް އެއް ގޯލު ޖަހައިދީފަ އެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖޭން 1-0 އިން ނޭޕާލް ބަލިކުރިއިރު، ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ ހޮކޭ އެވެ. 

ހޮކޭ އަކީ ރާއްޖޭން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ހޮކޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް